މަޤާމު: އެސިސްޓެންޓް ކަސްޓަމަރ ސަރވިސް ރެޕްރެޒެންޓޭޓިވް
|
އަސާސީ މުސާރަ
|
-/5000ރ
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
|
މަޤާމުގެ ރޭންކް
|
AS 9
|
ބޭނުންވާ ޢަދަދު
|
02
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ޕީ.އެސް.އެމް ކަނެކްޓް
|
އިތުރު އިނާޔަތްތައް
|
ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް -/83.33ރ ރުފިޔާ
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 02 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއިއެކު 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި، ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން.
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނަ ފޯނުކޯލް ތަކަށް ޖަވާބުދާރީވުން: އެގޮތުން ކަސްޓަމަރުން/ކްލެއަންޓުން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމުގައި އެ ބޭނުންވާ މައުލޫމާތުތައް ބަލައި ހޯދައި އެ މައުލޫމާތުތައް ކަސްޓަމަރަށް ފޯރުކޮށްދިނުން
- ކަސްޓަމަރުން/ކްލެއަންޓުންނަށް ދިމާވާ މައްސަލައް ހައްލުކުރުން: އެގޮތުން މައްސަލަތައް ރަނގަޅަށް ސާފުކޮށް، އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެމައްސަލަ ހައްލު ކުރެވޭނޭ ގޮތްތަކާއި އެކަމުގެ އޯލްޓަނޭޓިވްސް ހޯދުމާއެކު، އެ މައްސަލަތައް ހައްލުކުރުމާއި، ހައްލުނުކުރެވޭ މައްސަލަތައް ސުޕައިވައިޒަރުގެ ސަމާލުކަމަށް ގެނައުން
- ކަސްޓަމަރ ސަރވިސް ސެންޓަރަށް ލިޔުމުން ހުށަހެޅޭ ރިކުއެސްޓްތައް ބަލައި ޖަވާބުދާރީ ވާންޖެހެ ކަންތައްތަކަށް ސުޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ދިނުން
- މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް އެ ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ނުވަތަ އެ މައުލޫމާތު ފޯރުކޮށްދެވޭނޭ އިންތިޒާމެއް ހަމަޖެއްސައި އެ މައުލޫމާތު ފޯރުކޮށްދެވިއްޖެކަން ކަށަވަރު ކުރުން
- ކަސްޓަމަރ ސަރވިސް ސެންޓަރުގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ޕޮލިސް ރިޕޯޓް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 އޮކްޓޯބަރ 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000284 އާއި ގުޅުއްވުން އެދެމެވެ.
|