ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2017/468
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
ޑްރާފްޓްސްމަން |
މަޤާމް: |
01 (އެކެއް) |
ބޭނުންވާ އަދަދު: |
ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް |
ޑިޕާރޓްމަންޓް: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ. |
އަސާސީ މުސާރަ: |
(ހ) ހަމަޖެހިފައިވާ އުސޫލުން ހާޟިރީ އަދި ސަރވިސް އެލަވަންސް ލިބޭނެ. (ށ) އިތުރު ގަޑީގައި އަދި ރަސްމީ ބަންދުދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
އެހެނިހެން އިނާޔަތްތައް: |
(ހ) ސެޓްފިކެޓް ލެވެލް 4 ހާސިލް ކޮށްފައިވުން ( ގުޅުންހުރި ދާއިރާއަކުން) (ށ) ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން. (ނ) ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން.
|
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަންގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުން، އެގޮތުން؛ (1) އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ޑްރާފްޓްކުރުން (2) ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނަލައިޒް ކުރުން. (3) ހަވާލު ކުރެވޭ މަޝްރޫޢުތަކުގެ 'އޭޒް ބިލްޓް' ކުރެހުން ހެދުން. (4) ގުޅުން ހުރި މަސައްކަތްތަކާއި ގުޅޭ ރިޕޯރޓް ތައްޔާރުކުރުން. (5) ޑިޕާޓްމަންޓްގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.
|
މަސްޢޫލިއްޔަތު ތައް: |
(ހ) ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން. (ށ) ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު ލިބިފައިވުން. (ނ) ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު ލިބިފައިވުން. (ރ) ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވުން. (ބ) އަމިއްލައަށް އިސްނެގުމާއި ތަފާތުނަސްލުތަކުގެ މީހުނާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުން. |
އެހެނިހެން ހުނަރު: |
އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް) |
މަޤާމް: |
(1) އެކެއް |
ބޭނުންވާ އަދަދު: |
ޕްރޮޖެކްޓްސް ޑިޕާޓްމަންޓް / ރިނިއުބަލް އެނާރޖީ ސެކްޝަން |
ޑިޕާރޓްމަންޓް: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
7500ރ. އާއި 8100ރ އާއި ދެމެދު |
އަސާސީ މުސާރަ: |
މުސާރައިގެ 30% |
ސަރވިސް އެލަވަންސް: |
މުސާރައިގެ 20% |
ޙާޒިރީ އެލަވަންސް: |
(ހ) އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ހާސިލް ކޮށްފައިވުން (ށ) ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން. (ނ) ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން.
|
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ޕްރޮޖެކްޓްސް ޑިޕާޓްމަންޓް އިން ހިންގާ މަޝްރޫޢުތައް އެކުލަވާ ލުމުގައި ލިބިފައިވާ ތައުލީމާއި ފަންނީ ތަޖުރިބާގެ އަލީގައި ވެރިންނަށް މަޝްވަރާއާއި ލަފާ ދިނުން. (ށ) މަޝްރޫއުތައް ހިންގުމުގައި ފަންނީ އެހީތެރިކަން ދިނުން. މި ގޮތުން ހިންގޭ ކަރަންޓުގެ އަދި އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަރުމާ ކުރުމަށް ބޭނުންވާ އިންޖިނިއަރިންގ ކަލްކިޔުލޭޝަން ތަކާއި ކުރެހުންތައް އަދި ބީ.އޯ.ކިޔު ހެދުމުގައި އެހީތެރި ވުން. (ނ) އަލަށް ހިންގޭނޭ އިއާދަ ކުރަނިވި މަޝްރޫއުތަށް ދެނެގަނެ، އެ ކަމަށް ބޭނުންވާ ޑޭޓާ އާއި ތަފާސް ހިސާބު ހޯދާ އެ ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފަންނީ ލަފާ އާއި ހިޔާލު ދިނުން. (ރ) ހިނގަމުންދާ އިޢާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ގަވާޢިދުން މޮނިޓަރކުރުން. މި ގޮތުން ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން. (ބ) ޕްރޮޖެކްޓްސް ޑިޕާޓްމަންޓް އިން ފޯރމިޔުލޭޓް ކުރާ މަޝަރޫޢު ތަކާއި އަދި ބޭރުގެ ފަރާތްތަކުން ހުށަހަޅާ މަޝްރޫޢުތަކަށް ޓެކްނިކަލް ކޮމެންޓާއި ލަފާ އެރުވުން. އަދި އެ ފަދަ މަޝްރޫއު ތަކަކީ ގަބޫލުކުރެވޭ ރަގަޅު ސްޓެންޑަރޑް ތަކަށް ފެތޭ ޓެކްނިކަލީ ރަގަޅު މަޝްރޫޢުތަކެއްތޯ ބަލާ ޗެކުކުރުން. (ޅ) މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކާއި އެކު މަޝްވަރާކޮށް، ފަންނީ ދިރާސާތަކުގައި އެހީވެދިނުން. (ކ) އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް މޮނިޓަރކޮށް، ހިނގަނީ ހެދިފައިވާ މާސްޓަރ ޕްލޭންއާއި އެއްގޮތަށްތޯ ބަލާ، މަޝްރޫޢުތައް ޓެކްނިކަލް ނަޒަރަކުން ދިރާސާކޮށް، ކަނޑައެޅިފައިވާ ޕްލޭނާއި އެއްގޮތަށް އެ މަޝްޜޫއު ތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ އާއި ލަނޑުދަނޑި ހާސިލްވޭތޯ ބެލުން (އ) މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ވެރިންނާއި ހިއްސާކުރުން. (ވ) މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ކަނޑައެޅިފައިވާ ތާވަލްއާއި އެއްގޮތަށް ކުންފުނީގެ ފަރާތުން ރިވިއު ރިޕޯޓުތައް އެކުލަވާލުން. (މ) ޕްރޮޖެކްޓްތައް ނިމޭއިރު ސްޓޭކްހޯލްޑަރުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ހަމަކުރުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ކުރުން. (ދ) ޑިޕާޓްމަންޓްގެ އެންމެއިސްފަރާތަށް މަޝްރޫއުތަކުގެ އަޕްޑޭޓް ގަވާޢިދުން ފޯރުކޮށްދިނުން.
|
މަސްޢޫލިއްޔަތު ތައް: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 – 15:00އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
28 މުޙައްރަމް 1438
18 އޮކްޓޯބަރ 2017