މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ޙާއްސަ އެހީ އަސް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައިވާ ދެބުރި އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު އަދި ޓެންޑަރ ޑޮކިޔުމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކ. ގުރައިދޫގައި ހުންނަ ދައުލަތުގެ ޙާއްސަ އެހީ އަސް ބޭނުންވާ މީހުންގެ މަރުކަޒުގައި ހެދުމަށް ހަމަޖެހިފައިވާ ދެބުރި އިމާރާތުގެ  ކުރެހުންތަކާއި ބީ.އޯ.ކިޔު އަދި ޓެންޑަރ ޑޮކިޔުމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް           14 ސެޕްޓެމްބަރ 2017 ގައި ކުރެވުން ނަންބަރު IUL 23-AP/23/2017/147 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެން ފަރާތްތަކަށް ތަފާތު ދެ މަޢުލޫމާތު ޝީޓެއް ދެވިފައިވާކަމަށް ފާހަގަކުރެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޮކްޓޯބަރ 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެމްބަރ 05 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 މުޙައްރަމް 1439    

18 އޮކްޓޫބަރު 2017
ހޯދާ