މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

އިޢުލާން

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-251961, J-254773

ބޭނުންވާ އަދަދު

02 (ދެއެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން / ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ރިސެޕްޝަނަށް އަންނަ ހުރިހާ ފޯންކޯލުތަކަށް ޖަވާބުދިނުމާއި، ސެކްޝަންތަކަށް ޕާސްކުރަންޖެހޭ ފޯނުކޯލުތައް ޕާސްކުރުން.
  • މިނިސްޓްރީގެ ކައުންޓަރަށް އެކިއެކި ފަރާތްތަކުން ގެންނަ ތަކެތި ބަލައިގަނެ، އެތަކެތި ކައުންޓަރ ފޮތުގައި ލިޔެ އެއެއްޗެއް ކަމާބެހޭ ތަނަކަށް ލަސްނުކޮށް ފޮނުވުން
  • އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ފަރާތްތަކަށް ކަން ކުރަންވީގޮތް އަންގައިދީ އެފަރާތްތަކުން ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުން
  • މިނިސްޓްރީއަށް ހުށަހަޅާ ރަޖިސްޓްރޭޝަން ފޯރމްތައް ފުރިހަމަކުރެވިފައިތޯ ބަލާ ޗެކްކުރުމަށްފަހު ފުރިހަމަކުރެވިފައިވާ ފޯރމްތައް ބަލައިގަތުމާއި ސެޓްފިކެޓް ދޫކުރުން
  • ޚިދުމަތް ލިބި ގަތުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއި މަޑުމައިތިރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން
  • ބައްދަލުވުންތަކަށާއި ބިޑްތަކަށް މިނިސްޓްރީއަށް ހާޒިރުވާ ފަރާތްތައް އެ ގުޅުންހުރި ޑިޕާރޓްމަންޓް/ ސެކްޝަނެއްގައި ދަންނަވާ އެ ޑިޕާރޓްމަންޓް/ ސެކްޝަނެއްގެ ސަމާލުކަމަށް އެކަން ގެނައުން
  • މިނިސްޓްރީގެ ކައުންޓަރުގައި ބެހެއްޓިފައިވާ ފޯމްތައް ހުސްވޭތޯ ބަލާ، ހުސްވުމުގެ ކުރިން ގުޅުންހުރި ޑިޕާރޓްމަންޓްތަކަށް އަންގާ، ފޯމްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އަދި ޚިދުމަތް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ރިޕޯރޓް ތައްޔާރުކޮށް ސުޕަވައިޒަރަށް ހުށަހެޅުން.

މަޤާމުގެ ޝަރުތުތައް

1-   ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގް އެންޑް ޑިވެލޮޕްމެންޓް، އެޑްމިނިސްޓްރޭޝަން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގް އެންޑް ޑިވެލޮޕްމެންޓް، އެޑްމިނިސްޓްރޭޝަން، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޞިއްޙީ ދާއިރާ، ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު

J-283277

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.4

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޝަން / ސެކްޝަން

އެކައުންޓިންގ އެންޑް ފައިނޭންސް / ޕޭމަންޓް އެންޑް ރެވެނިއު ސެކްޝަން

މަޤާމު އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތު

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

މުސާރަ

-/5020 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އަތޮޅު ހޮސްޕިޓަލްތަކުން ފޮނުވާ މުސާރަޝީޓްތަށް ޗެކްކޮށް މުސާރަ ވައުޗަރ ތައްޔާރުކޮށް ޕާރކް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީ އަދި އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވުން.
  2. އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވާ މެމޯ، ސިޓީ އަދި މެސެޖް ލިޔެ އަތޮޅުތަކަށް ފޮނުވުން.
  3. އަތޮޅު ހޮސްޕިޓަލްތަކުން ކޮންމެ މަހަކު ފޮނުވާ ޚަރަދު ރިޕޯރޓްތަށް ޗެކްކޮށް ބަޖެޓްފައިސާ ވައުޗަރ ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އަދި އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވުން.
  4. އަތޮޅުތަކުގެ ކެޕިޓަލް އައިޓަމްތަކާއި ގުޅޭ ޑޮކިއުމެންޓްސް ހޯދައި އެސެޓް ކްރިއޭޓްކުރުމަށް ފޮނުވާ ވައުޗަރ ތައްޔާރުކޮށް ޕާރކް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީ އަދި އަތޮޅުތަކަށް ފޮނުވުން.
  5. އަތޮޅު ހޮސްޕިޓަލްތަކުގެ ލިޔެކިޔުންތަށް ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް, އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން، (ސީއޭޓީ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން،

ނުވަތަ

2.މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

3.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް, އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން، (ސީއޭޓީ) ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6.ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޯބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2017 ވަނަ އަހަރުގެ ނޮވެމްބަރު 15 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

18 އޮކްޓޫބަރު 2017
ހޯދާ