އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ (އަރަބި)

މަޤާމް:                           ޓީޗަރ (އަރަބި)

   މަޤާމުގެ ނަންބަރު:                    J278611, J278612

   ބޭނުންވާ އަދަދު:                     02 (ދޭއް)

   މަޤާމުގެ ގިންތި:                     ދާއިމީ

   މަޤާމުގެ ރޭންކް:                     CS11-2  އާއި CS15-5 ދެމެދު

   މަޤާމުގެ ކްލެސިފިކޭޝަން:               ސްކޫލް ޓީޗަރސް

   ސެކްޝަން:                        އެކަޑެމިކް ސެކްޝަން / ފޭދޫސްކޫލް، ސ.ފޭދޫ

   މަޤާމް އޮތް އޮފީސް:                   ފޭދޫސްކޫލް، ސ.ފޭދޫ

   ވަޒީފާ އަދާކުރަންޖެހޭ ތަން:              އެކަޑެމިކް ސެކްޝަން / ފޭދޫސްކޫލް، ސ.ފޭދޫ

   މުސާރަ:                          7,070.00 އާއި 10,640.00 ރުފިޔާއާއި ދެމެދު

   ސަރވިސް އެލަވަންސް:                މަހަކު -/2,500 ރުފިޔާ

   އެހެނިހެން ޢިނާޔަތް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. އެޑިއުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް.

ސަނަދު

މުސާރައިގެ އިންސައްތަ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް އޮތުން

15%

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
  2. ކިޔަވައިދޭން ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
  3. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަން ޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ލީޑިންގ ޓީޗަރަށް ދެއްކުން.
  4. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް "ސްކީމް އޮފް ވާރކް" ތައްޔާރުކޮށް ނިންމުން.
  5. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.
  6. ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، އެނޫނަސް މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގަތުން.
  7. ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި، މާކްކުރުން.
  8. ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރުން.
  9. ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެމަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  10. ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.
  11. މުވައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެމީހެއްގެ ޤާބިލުކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.
  12. ސިވިލް ސާރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.
  13. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ޝަރުތު:                                

                

 

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910.00

2,500.00

  • ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  4. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

                    

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި

މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ފޭދޫސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.fsvirtual.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޮކްޓޯބަރ 2017 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ފޭދޫސްކޫލްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6892508 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  30 އޮކްޓޯބަރ 2017  އާއި 01ނޮވެމްބަރ 2017 އާ ދެމެދު، ފޭދޫސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% (ތިރީސް އިންސައްތަ)

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892546 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6892508 އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

27 މުޙައްރަމް 1439

18 އޮކްޓޫބަރު 2017
ހޯދާ