ދިވެހިރާއްޖެ
ނާލާފުށީ ސްކޫލް
މ.ނާލާފުށި، ދިވެހިރާއްޖެ
އިޢުލާން
ނަންބަރ:Gs-163/2017/11
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން.
މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން: |
މަޢުލޫމާތު ސާފުކުރުން: |
ތާރީޚް: 29 އޮކްޓޯބަރ 2017 |
ތާރީޚް: 23 އޮކްޓޯބަރ 2017 |
ގަޑި: 13:00 |
ގަޑި: 13:00 |
ތަން: ނާލާފުށީ ސްކޫލް |
ތަން: ނާލާފުށީ ސްކޫލް |
ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.
27 މުޙައްރަމް 1439
17 އޮކްޓޯބަރ 2017