ތިމަރަފުށީ ސިއްޙީމަރުކަޒުތ.ތިމަރަފުށި/ ދިވެހިރާއްޖެނަންބަރު: N-10HC/THC /IULAAN/2017/01އިޢުލާންމިމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.މަޤާމު މަސައްކަތުމަޤާމުގެ ނަންބަރު J-253762ބޭނުންވާ އަދަދު 01 (އެކެއް)މަޤާމުގެ ގިންތި ދާއިމީމަޤާމުގެ ރޭންކް އެސް. އެސް 1މަޤާމުގެ ކްލެސިފިކޭޝަން ސަޕޯރޓް ސްޓާފް ގުރޭޑް 1ޑިވިޝަން / ސެކްޝަން ސަޕޯރޓް ސާރވިސަސްމަޤާމު އޮތް އޮފީސް ތިމަރަފުށީ ސިއްޙީމަރުކަޒުވަޒީފާ އަދާކުރަންޖެހޭ ތަން ތިމަރަފުށީ ސިއްޙީމަރުކަޒުމުސާރަ -/3100 ރުފިޔާސަރވިސް އެލަވަންސް 1000/- ރުފިޔާއިތުރު އިނާޔަތްތައް 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.4. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އަދަދަށް ރިސްކް އެލަވަންސް.މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 1. ޞިއްޙީމަރުކަޒުގެ އިމާރާތުގެ ދޮރާއި ދޮރުފަތް އަދި ބިއްލޫރިތައް ދޮވެސާފުކުރުމާއި އިމާރާތުގެ އެތެރެއާއި ބޭރުގައިވާ ތަންތަން ފޮޅާ ސާފުކޮށް ބެލެހެއްޓުން.2. މަރުކަޒުގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ކާބޯތަކެތި އަޅާފައި ހުންނަގަހާއި މާމެލާމެލި ބަގީޗާފަދަ ގަސްތައް ކޮށާ އަދި ފެންދީ ބެލެހެއްޓުން.3. ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި ޞިއްޙީމަރުކަޒުން އަންގާ ގޮތެއްގެ މަތިން ހަވާލުކުރުން.4. މަސައްކަތްކުރުމަށް ބޭނުންކުރެވޭ ތަކެތި ބޭނުންކޮށް ނިންމުމަށްފަހު ދޮވެސާފުކޮށް ބެލެހެއްޓުން5. މަރުކަޒުގައިވާ ވާރޑްތަކާއި ފާހާނާތައް،ޑްރެސިންގ ރޫމް، އޮފީސް، ޕަބުލިކް ހެލްތު ޔުނިޓް އަދި ލޭބަރރޫމް ފޮޅާ ސާފުކޮށް ބެލެހެއްޓުން.6. މީގެ އިތުރުން ސިއްޙީމަރުކަޒުން ހިންގާ ހާއްސަ މަސައްކަތްތަކުގައި ހަވާލުކުރެވޭ ސިއްޙީމަރުކަޒުގެ މަސައްކަތްކުރުންމަޤާމުގެ ޝަރުތުތައް ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް 1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.ހުށަހަޅަންޖެހޭ ލިޔުންތައް 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ތިމަރަފުށީ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާލިޔުންތަކުގެ ކޮޕީ(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.މަޤާމަށް އެދެންވީގޮތާއި ސުންގަޑި ވަޒީފާއަށް އެދޭ ފޯމް ތިމަރަފުށީ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 29އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިމަރަކަޒުގެ އޮފީހަށެވެ.އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2017 ނޮވެމްބަރ 1 އާއި 2017 ނޮވެމްބަރ 10 އާ ދެމެދު ތިމަރަފުށީ ސިއްޙީމަރުކަޒު (ކޮންފްރެސް ހޯލު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.ޝޯޓް ލިސްޓް ކުރުން މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 25% (ފަންސަވީސް އިންސައްތަ)އިތުރު މަޢުލޫމާތު މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780503 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ.
17 ނޮވެމްބަރ 201727-މުޙައްރަމް-1439
އިބުރާޙީމް ސިޙާބްސީނިއަރ، އެޑްމިނިސްޓްރޭޓަރ، ހެލްތު ސާރވިސަސް