ދިވެހިރާއްޖެ
ހުޅުދެލީސްކޫލް
ދ. ހުޅުދެލި
ދިވެހިރާއްޖެ ނަންބަރު: GS-171/IUL/2017/17
އިޢުލާން
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
2018 ވަނައަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30ގައި މިސްކޫލް އޮފީހަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮކްޓޫބަރު 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ކުއްޔަށް ދޫކުރާ ގެއަކީ މިދަންނަވާ ޝަރުތުތައް ފުރިހަމަވެފައިވާ ގެއަކަށް ވާންވާނެއެވެ.
- ވަކިން ދިރިއުޅެވޭނެ ފަދަ ގެއަކަށް ވުން.
- 2 ނިދާކޮޓަރި (ފަރުނީޗަރާއި)
- ފާޚާނާ ( ފާޚާނާގެ ފިޓިންގސް އާއި އެކު )
- މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައިހުރުން
- ސިޓިންގރޫމް ( ފަރުނީޗަރާއި އެކު )
- ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން
- ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
- ބަދިގެ ( ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި ، ހިފައިގެންގުޅޭ ސާމާނާއެކު )
- ކޭބަލް ޓީވީގެ ޚިދުމަތް ލިބުން.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ