ދިވެހިރާއްޖެ
`
މާޅޮސް މަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ބ ފެހެންދޫ/ ދިވެހިރާއްޖެ
Secretariat of the Fehendhoo council South maalhosmadulu
Baa.Fehendhoo, Rep.of Maldives
ނަންބަރު: 324/324/2017/37(IUL)
އިޢުލާން
ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބ. ފެހެންދޫގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން މިރަށުގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަމްބަރ: (IUL)324/324/2017/34 (19 ސެޕްޓެމްބަރު 2017 ) އާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ޢަދަދު 3 ފަރާތަށްވުރެ މަދުވުމުން، އެއިޢުލާނު ބާތިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިރަށުގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޫބަރ 2017 ވާ އާދީއްތަ ދުވަހުގެ 10.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޮކްޓޫބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި "ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބ. ފެހެންދޫގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަން ވާނެއެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައިޑީކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 އޮކްޓޫބަރ 2017