މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

"މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް"

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖެކްޓު މެނޭޖުމަންޓް ޔުނިޓަށްތިރީގައި ބަޔާންކުރެވިފައިވާ  މަޤާމަށް ޝައުގެވެރިވާފަރާތްތައް "ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު" މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

މަޤާމް:                    ޕްރޮޖެކްޓް އެސިސްޓެންޓް

ގިންތި:                   ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                  9250 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       މެރިން ރިސާޗް ސެންޓަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު      

ޖީ.ސީ.އީ އެޑްވާންސް ލެވެލްގެ 3 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ޙާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

މި މަޤާމްތަކަށް ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މެރިން ރިސާޗް ސެންޓަރ (ހ. ވައިޓްވޭވްސް) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322328  ފޯނާއި ގުޅުއްވުން އެދެމެވެ.

 

25 މުޙައްރަމް 1439

16 އޮކްޓޫބަރު 2017
ހޯދާ