ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
07 ކޮމްޕިއުޓަރ ސިސްޓަމް އަދި 2 ލެޕްޓޮޕް ގަތުމަށް

މިއިންސްޓިޓިއުޓަށް 07 ކޮމްޕިއުޓަރ ސިސްޓަމް  އަދި 2 ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 1/2017/31/(IUL)451-FP އިޢުލާނަން ތިންފަރާތް ކޮލިފައިވެފައިނުވާތީ އެ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ،  މިކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 11:00 ށް

2017 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 11:00 ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ 3023513 ނަންބަރު ފޯނާއެވެ.

16 އޮކްޓޫބަރު 2017
ހޯދާ