ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކެފޭ ދެކުނުންއޮތް ހުސްބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

 

އަތޮޅުކެފޭ ދެކުނުންއޮތް ހުސްބިން ކުއްޔަށް ދޫކުރުމާބެހޭ

 

ކޮޅުމަޑުލު ވޭމަންޑޫއިން މި އިދާރާއަށް ލިބިފައިވާ ބިމެއްކަމުގައިވާ އަތޮޅުކެފޭ ގޯތީގައި ކެފޭގެ ދެކުނުން އަދި ޓްރެއިނިން ސެންޓަރުގެ ހުޅަގުން އޮތް ހުސްބިން ދެ ބަޔަށް ބައިކޮށް ކޮންމެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލައި ޢާއްމުކޮށް އިއުލާންކުރަމެވެ.

ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއަށް ބިޑް ހުށަހެޅުއްވުންއެދެމެވެ. މަޢުލޫމާތު ދިނުމާއި ބިޑް ހުށަހެޅުމާބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ތާރީޚާއި ދުވަސް

ގަޑި

ތަން

މަޢުލޫމާތު ދިނުން

22 އޮކްޓޫބަރ 2017 އާދީއްތަ

11:00

އަތޮޅު ކައުންސިލް

ބިޑް ހުށަހެން

29 އޮކްޓޫބަރ 2017 އާދީއްތަ

11:00

އަތޮޅު ކައުންސިލް

 

ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެ އަދި ބިޑް ހުށަހެޅޭނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ [email protected] އަށެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެވޭނީ މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވަނީސް މި އިދާރާގެ ކަމާބެހޭ ނަމްބަރަށް ގުޅައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މިކަމާބެހޭގޮތުން މި އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9710106 ނަމްބަރަށެވެ.

މުއްދަތުގައި މަޢުލޫމާތު ނުހޯއްދަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

 

                   18 ރަބީޢުލްއާޚިރު 1438 

                   16 ޖެނުއަރީ  2017

 

      ރިޟުވާން ޢަބްދުﷲ

      ތ. އަތޮޅުކައުންސިލްގެ ރައީސް

16 އޮކްޓޫބަރު 2017
ހޯދާ