ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިންގ އޭރިޔާގައި 12000 ބީ.ޓީ.ޔޫ ގެ 01 އެއަރކަންޑިޝަން ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުންކުރި ނަންބަރު: D12C/2017/10 ޢިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، އަލުން މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮކްޓޯބަރު 19 ވަނަ ދުވަހުގެ 11:00 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮކްޓޯބަރު 23 ވަނަ ދުވަހުގެ 11:00އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
26 މުޙައްރަމް 1439