މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.  މި ވަޒީފާ ތަކަކީ ދެ ޖިންސްގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާ ތަކެކެވެ.

 

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓްއާ ގުޅުންހުރި މަސައްކަތްކުރުމާއި، އެމްއެމްއޭގެ ބޭރު ފައިސާގެ އެކައުންޓްތަކާ ގުޅުންހުރި މަސައްކަތްކުރުމާއި ރިޒަރވް މެނޭޖްމަންޓްގެ ބެކް އޮފީސް މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޑިވެލޮޕްމެންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ސްކްރިޕްޓިން ލެންގުއޭޖްގައި ޕްރޮގްރާމް ކުރުމުގެެ ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމްތައް ލިޔުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން  އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • އޯލެވެލްގެ އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތައުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމްއާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

މަނިޓަރީ އެސިސްޓެންޓް

ޑިވިޜަން:

މަނިޓަރީ ޕޮލިސީ ސެކްޝަން  /މަނިޓަރީ ޕޮލިސީ އެންޑް ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • މެކްރޯއިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުން.
  • އިކޮނޮމެޓްރިކްސް ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށާއި އިޤްތިޞާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާއި ގުޅޭ ތަފާސް ހިސާބުތަަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކްސް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް އަދި މަނިޓަރީ ސެކްޓަރ އާއި ގުޅުން ހުރި ދިރާސާކޮށް ރިސަރޗް ޕޭޕަރުތައް ތައްޔާރުކުރުމާއި އެމްއެމްއޭއިން ނެރޭ އިޤްތިޞާދީ ރިޕޯޓުތައް ޝާއިޢުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން އަދި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން އަދި އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

 އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓް / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން އަދި އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އާއި ފައިނޭންޝަލް ސެކްޓަރގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށާއި ފައިނޭންޝަލް ސެކްޓަރ އަށް ބޭނުންވާ ޕްރޮފެޝަނަލް މީހުން ބިނާ ކުރުމަށް އެމްއެމްއޭ އިން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ޑިގްރީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

24 އޮކްޓޫބަރު 2017 ވާ އަންގާރަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

16 އޮކްޓޫބަރު 2017
ހޯދާ