ދިވެހިރާއްޖެ
އިޢްލާން
މިރަށު ކުޅިވަރު އެކުވެނީގައި އެޅުމަށް ބޭނުންވާ ޓާފް ގެނެސް ޓާފް އަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިކައުންސިލްގެ ފަރާތުން، މިރަށު ކުޅިވަރު އެކުވެނީގައި އެޅުމަށް ބޭނުންވާ ޓާފް ގެނެސް ޓާފް އަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރުIUL)355-ESMS/INDIV/2017/24) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ.
މަސައްކަތާބެހޭ އިތުރު ތަފްޞީލް
- ޓާފް އަޅަން ޖެހޭ ސަރަހައްދުގެ ބޮޑުމިން: 1265 އަކަމީޓަރު
- ޓާފް ވިނައިގެ ދިގުމިން: 50 މިލި މީޓަރ
- ޓާފްގެ އެތެރެ ފިލްކުރުން: ޓާފް އެޅުމަށްފަހު ޓާފްގެ އެތެރެ އެކަމަށްހާއްސަ ރަބަރު އަޅާ ފިލްކުރަންޖެހޭނެ
- ޓާފް އަޅާ ސަރަހައްދުގެ ބިންގަނޑު ހަރުކޮށް ލެވެލް ކުރުން: އެމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިކައުންސިލުން
މިމަސައްކަތުގެ އަގު އަދާކުރާނެ ގޮތް: މިމަސައްކަތުގެ އަގު އަދާކުރާނީ މުޅި މަސައްކަތުގެ އަގު 3 ބަޔަކަށް ބަހާލައިގެން، މަސައްކަތް ނިންމާ ކައުންސިލްގެ އިދާރާ އަށް ބިލް ހުށަހަޅާ ތާރީހުންފެށިގެން 1 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ޕޭމަންޓް އަދި 6 ވަނަ މަސްދުވަހުގެ ތެރޭގައި ދެވަނަ ޕޭމަންޓް 12 ވަނަ މަސްދުވަހުގެ ތެރޭގައި 3 ވަނަ ޕޭމަންޓް ދައްކާ ގޮތަށެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޫބަރު 2017 ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމަށް ހާޟިރުވެ މިމަސައްކަތް ކޮށްދޭނެ އަގު ބަޔާންކޮށް ބިޑްހުށަހެޅުއްވުން އެދި ދެންނެވީމެވެ.
25 މުހައްރަމް 1439
15 އޮކްޓޯބަރު 2017