ދިވެހިރާއްޖެ
ފްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
10 ރަށުގެ ނަރުދާމާގެ މަސައްކަތުގެ ސުޕަރވިޒަން ކޮންސަލްޓަންސީގެ މަސައްކަތް
1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއިން ކުރިއަށްގެންދާ 10 ރަށެއްގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް މޮނިޓަރކޮށް ސުޕަރަވައިޒް ކުރާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
2. މި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ސްޕަރވައިޒް ކުރުން، ޑީޓެއިލް ޑިޒައިން ޗެކްކުރުން، މެޓީރިއަލް ޗެކްކުރުން، މަސަކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަރވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރަންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓް ކޮންޓްރޯލް އާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދާ އޮފިޑް ޕީ.އެމް.ޔޫއަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން އެކްސެޕްޝަން ޓެސްޓްތައް ސުޕަރވައިޒްކޮށް ބޭނުންވާ ސެޓްފިކެޓްތަކާއި ރިޕޯޓްތައް ހަދާ ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓަނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީންކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 18 މަސް ދުވަހެވެ.
3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ފްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން މިކަމަށް ޝަރުޠުމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.
4. މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރު 2017 އިން 5 ނޮވެންބަރު 2017 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި ދައުވަތުގެ 06 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯސަލް ހުށަހެޅުމަށް ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރް.އެފް.ޕީ މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
5. މިމަސައްކަތާއި ބެހޭ އެއްވެސް ސުވާލެއްވާނަމަ23 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ 1400 ގެ ކުރިންތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.
6. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 2017 ނޮވެންބަރު 6 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3349296 960+ / 3349106 960+
އީމެއިލް: [email protected]
ކޮޕީ: [email protected]