ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

ހދ.ނޮޅިވަރަންފަރު ޕްރީސްކޫލް ކޮންޓެކްޓްއުޞޫލުން އަމިއްލަ ފަރާތްތަކުން ހިންގުމަށް މިއިދާރާއިންކުރި ނަންބަރ58/2017/262/262(IUL) (21 އޮގަސްޓް 2017 ) އިޢުލާނަށް އެކަށީގެންވާގޮތެއްގައި އިޖާބަދީފައި ނުވާތީ ކޮންޓެކްޓް އުޞޫލުން ޕްރީސްކޫލް ހިންގައިދޭނެފަރާތެއް ހޯދުމަށްއަލުން އިޢުލާންކުރަމެވެ.

                     ވީމާ، މީލާދީ 05 އަހަރުދުވަހުގެ މުއްދަތަށް ޕްރީސްކޫލް ހިންގައިދޭން ޝައުޤުވެރިލައްވާ ފަރާތްތަކުން 2017 އޮކްޓޫބަރ 24 ވާ އަންގާރަދުވަހުގެ 10.30 އަށް ކައުންސިލްއިދާރާގެ ޖަލްސާކުރާމާލަމަށްދުރުވެ މައުލޫމާތުސާފްކުރުމަށް ފަހު 2017 ނޮވެމްބަރ 01 ވާ ބުދަ ދުވަހުގެ 10.00 އަށް އަންދާސީ ހިސާބު ހުށައެޅުންވުންއެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންއެނގޭނޭ ލިޔުމެއް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރެއްވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކުންނާއި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

                     ހުށައަޅުއްވާ އަންދާސީ ހިސާބުތަކުގައި މިދަންނަވާމައުލޫމާތު ފުރިހަމަކުރެވިފައި ހުންނަންވާނެއެވެ.

1-      ޕްރޮޕޯސަލްހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް

2-      އައިޑީކާޑްގެ ކޮޕީ

3-      ތަންހިންގާފަރާތުން ގެންގުޅޭނެ ޓީޗަރުންގެ ޢަދަދާއި، އިދާރީމުވައްޒަފުންގެ ޢަދަދު

4-      ޢިމާރާތާއި ގޯތިތެރެ އަދި އިމާރާތާއި ގުޅިގެންވާ މަގުތައްސާފްކޮއް ބަލަހައްޓާނެގޮތް

 

މިއިޢުލާނާގުޅިގެން ޕްރޮޕޯސަލްހުށައަޅާ ފަރާތްތަކަށް ޕޮއިންޓްދެވޭނެ އުޞޫލަކީ

-          ހުށައަޅާ އެންމެބޮޑުއަގަށް %50

-          ޓީޗަރުންގެޢަދަދާއި ކޮލިފިކޭޝަން %30

ތަންސާފްކޮއް ބެލެހެއްޓން %20    

12 އޮކްޓޫބަރު 2017
ހޯދާ