ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެ އެޅުމަށް ވިޔަފާރި އުސޫލުން ބިންތައް ދޫކުރުމަށް

މިއިދާރާގެ ނަމްބަރ: (IUL)416-ESMED/416/2017/59 (20 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

އޮޑިހަރުގެ އެޅުމަށް ވިޔަފާރި އުސޫލުން ބިންތައް ދޫކުރުމަށް

 

އޮޑިހަރުގެ އެޅުމަށްޓަކައި ރަށުގެ އުތުރު ފަރާތު "ކަނުކޮޑާ" ސަރަޙައްދުން ހުއްދަ ލިބިފައިވާ 02 ބިން (3000 އަކަފޫޓްގެ 01 ބިން އަދި 4800 އަކަފޫޓްގެ 01 ބިން) ވިޔަފާރި އުސޫލް އިން 15 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް މަޑަވެލި ކައުންސިލް އިން ނިންމާފައިވާތީ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފްކުރުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

 

ތަން

ވަގުތު

ދުވަސް

ތާރީޚް

 

ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:30

ބުދަ

18 އޮކްޓޯބަރ 2017

މަޢުލޫމާތު ސާފުކުރުން

09:30

ބުދަ

25 އޮކްޓޯބަރ 2017

ބީލަން ހުށަހެޅުން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 އޮކްޓޫބަރު 2017
ހޯދާ