ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ނަންބަރު:258/2017/79 އިޢުލާން ގައިވާ ކުށެއް ހިޞްލާޙްކޮށް

ހަނިމާދޫ ސަހަރާ ވިނަނޮޅައި ސާފުކޮށް ބަލަހާއްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

              ހަނިމާދޫ ސަހަރާ އެތެރެ ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމާއި ސަހަރާގެ  ވަށައިގެންވާ މަގުތަކުގެ ދެބައިކުޅައެއްބައި ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި މިކައުންސިލްގެ ނަންބަރ: (IUL) 258/2017/66 އިޢުލާން އާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 19 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

12 އޮކްޓޫބަރު 2017
ހޯދާ