ދިވެހިރާއްޖެ
މި އިޢުލާންވަނީ 22 އޮކްޓޫބަރު 2017 13:58 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: IUL)321/321/2017/103)
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
މި އިދާރާގެ ނަމްބަރ: IUL)321/321/2017/85) އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހެޅުއްވި ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އެސްޓިމޭޓްތައް ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާ އާއި، މިއިދާރާގެ ވަށައިގެންވާ ގޯތީގެ ސެކިއުރިޓީ ބެލެހެއްޓުން، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، މަހަކު -/10000 ރުފިޔާ (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަގަކަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2017 އޮކްޓޫބަރު 18 ވާ ބުދަ ދުވަހުގެ 10:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އެސްޓިމޭޓްތައް ބަލައިގަތުން އޮންނާނީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
21 މުޙައްރަމް 1439