ދިވެހިރާއްޖެ
ޢިއުލާން
ބޭސްފިހާރައިގެ ގޮތުގައި ހެދިފައިވާ އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ:
04 އޮކްޓޯބަރު 2017 ވަނަ ދުވަހު، ހައްދުންމަތީ މާވަށު ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމުން (ނަންބަރު: 400/2017/T3-21) ނިންމާފައިވާ އުސޫލުތަކާއި އެއްގޮތަށް، ބޭސްފިހާރައިގެ ގޮތުގައި ހެދިފައިވާ އިމާރާތް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ވިޔަފާރި ކުރުމަށްޓަކައި، އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން، 22 އޮކްޓޯބަރު 2017 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މާވަށު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އޮކްޓޯބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.