ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންކުއްޔައް ދޫކުރުން

                                                        ނަންބަރު :  IUL)415/INDIV/2017/8)    

އިޢުލާން

ބިންކުއްޔައް ދޫކުރުން  :

                     ސިނާޢީ މަސައްކަތްތަކަށް ބިން ކުއްޔަށް ދިނުމަށް މި އިދާރާއިން ކުރި ނަމްބަރ (IUL)415/415/2015/63 (17 ޑިސެމްބަރ 2015) އިޢުލާނަށް އިޖާބަދިން ފަރާތްތަކުގެ ތެރެއިން N7-7 އަދި N7-8 (ގޯސިޔާގެ ފުރަގަހުން އޮތް 2000 އަކަފޫޓްގެ 2 ބިން) ބިން އެވޯރޑް ކުރި ފަރާތުން ބިމުގެ އެއްބަސްވުމުގައި ސޮއިނުކޮށް ގިނަދުވަސްތަކެއް ވެފައިވާތީ މި 2 ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.    

                 މި ބިންތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް މަދުވެގެން -/1ރ (އެއް ރުފިޔާގެ) ރޭޓުންނެވެ. އަދި ބިމުގައި ކުރާ ސިނާޢީ މަސައްކަތަކީ އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫ ނުވާނެ މަސައްކަތަކަށް ވާންވާނެއެވެ.

                       ވީމާ މި، ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހު 10:30 އަށް މި އިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހު 10:30އަށް މިއިދާރާގެ ޖަލްސާކުރާ މާލަލަމަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.

                        މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ހުށަހަޅުއްވާ ބިޑްތަކުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ބިޑްތައް ބާޠިލު ކުރެވޭނެއެވެ.             

                        20 މުޙައްރަމް 1439

                        10 އޮކްޓޯބަރ  2017 

10 އޮކްޓޫބަރު 2017
ހޯދާ