ދިވެހިރާއްޖެ
އިޢްލާނު
މަގާއި ގޯޅިތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:
މަގުތަކާއި ގޯޅިތައް ހެދުމުގެ ގޮތުން އެމަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެގެން މިއިދާރާއިން ވާނީ ނަންބަރު: (IUL)301 /301/2017/16، (IUL)301-PN/301/2017/18، (IUL)301-PN/301/2017/20، , (IUL)301-PN/301/2017/23 ,(IUL)301-PN/301/2017/20އިޢްލާނު ކޮށްފައެވެ. އަދި މިއިދާރާއަށް ހުށަހެޅި ރުއްގަހުގެ ވެރިފަރާތްތަކާއިމެދު ޝަކުވާއެއް އޮތްތޯ ބެލުމަށް ނަންބަރު: (IUL)301 /301/2017/32 އިޢްލާނު ކޮށްފައިވާނެއެވެ. މިހާތަނަށް މިލްކު ސާބިތުކުރި ފަތް ހުށަހަޅާފައިވަނީ 08 ފަރާތަކުންނެވެ. މިލްކު ސާބިތުކުރި ފަތް ހުށަނާޅައި ހުރި ރުއްގަހަކީ ދައުލަތުގެ ތަކެތި ކަމުގައި ބެލުމަށްފަހު، މަގުތަކާއި ގޯޅިތައް ހެދުމުގައި ނަގަންޖެހޭ ތަކެތި ނައްތައިލެވޭނެއެވެ.
މިހެން ކަމުން މި މަގުތަކާއި ގޯޅިތަކުގައި އިތުރު ފަރާތެއްގެ ރުއްގަސް ހުރިކަން ނުވަތަ ނެތްކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު ފުރުސަތެއް ހުޅުވާލަމެވެ. މިއިޢްލާނާއެކު މިވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްތަކާއި ގަސްތަކުގައި ކަޅުކުލައިގެ ސްޕްރޭ އިން 1 އިން 161 އަށް ނަންބަރު ޖަހާފައިވާނެއެވެ. އަދި އޯކިޑްމަގުގައި ނުހަދައި އޮތް ބައިގާ ހުރި ރުއްގަހުގައި ވަނީ ނަންބަރު ނުޖަހައެވެ. މިމަގުގައި ފޫނުދުއްވާ ބަޔަކީ ވަލުތެރެކަމުން މިބައިގާވާ ރުއްގަސްތައް ނޯޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ މަގު ސާފުކުރަމުންދާއިރުގައެވެ.
ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރި ފަތުގެ އަޞްލާއިއެކު 19 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިޢްލާނާއެކު، މަގުތަކުގެ ލިސްޓާއި ޗާޓް އަދި މިހާތަނަށް މިލްކު ސާބިތުކުރި ފަތް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓް ހިމެނީމެވެ. އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން ( މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން ނުވަތަ ގުޅުއްވުން އެދެމެވެ.