އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރިކޮށިއެޅުމާ ބަކަރި ގެންގުޅެބެލެހެއްޓުމުގެ މަސައްކަތް

                                                        ނަންބަރު: IUL)345-CAA/345/2017/38)

 

އިޢުލާން

  •  ބަކަރިކޮށިއެޅުމާ ބަކަރި ގެންގުޅެބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކުރުން:

         މި އިދާރާގެ ނަންބަރު IUL)345-CAA/345/2017/36) އިން ކޮށްފައިވާ "ބަކަރިކޮށިއެޅުމާ ބަކަރި ގެންގުޅެބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކުރުން" އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

         މިނިސްޓްރީ އޮފްފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ހިންގާ ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ޕްރޮގްރާމްގެ ދަށުން އއ. މާޅޮހުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބަކަރިކޮށިއެޅުމާއި ބަކަރި ގެންގުޅުމާއިބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން 5 (ފަސް އަހަރުދުވަހުގެ މުއްދަތަށް) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

               ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 16 އޮކްޓޯބަރ 2017 ވާ ހޯމަދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6660059 އަށް ގުޅުއްވުން އެދެމެވެ.

             ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                      

10 އޮކްޓޫބަރު 2017
ހޯދާ