ދިވެހިރާއްޖެ
ނަރުދޫ ޞިއްޙީ މަރުކަޒު
ށ.ނަރުދޫ، ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ޞިއްހީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހެކެވެ.
މަޤާމު |
ޑްރައިވަރ |
|||
މަގާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ނަމްބަރ: J-285043 |
||
ބޭނުންވާ ޢަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 02 |
ރޭންކް: SS2 |
|
މުސާރަ |
މަހަކު -/3470 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
|||
ޑިވިޝަން/ ސެކްޝަން |
އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް |
|||
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ނަރުދޫ ޞިއްޙީ މަރުކަޒު / ށ.ނަރުދޫ |
|||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
- ޞިއްހީ މަރުކަޒަށް ގެންނަންޖެހޭ ބަލިމީހުން ގެނައުމާއި، ބަލިމީހުން ގެންދިއުން - ޞިއްހީ މަރުކަޒުން އެކިތަންތަނަށް ކުރަންޖެހޭ އެންމެހާ ދަތުރުތައް ޞިއްހީމަރުކަޒުން އަންގާގޮތެއްގެ މަތިން ކުރުން - ޓެކްނިކަލް ސްޓާފުން މަރުކަޒަށް ގެނައުމާއި ގެންދިއުން (އެފަދަ ކަމަކަށް އެދިއްޖެ ހާލަތެއްގައި) - ކަނޑައެޅިފައިވާ އުސޫލުގެމަތިން ވެހިކަލް ސާފުކޮށް ބެލެހެއްޓުން - ވެހިކަލްއަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެމައްސަލަ ހައްލުކުރުމަށް މައްސައްކަތްކުރުން. - އޮފީހުން އަންގާ އެކިއެކި މަސައްކަތްތައް ކުރުން - ޑިއުޓީކުރުން |
|||
މަޤާމުގެ ޝަރުތުތައް |
|
|||
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
|
|||
ޢިނާޔަތްތައް |
|
|||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރު ފަހު 14:00 ށް ނަރުދޫ ޞިއްހީމަރުކަޒުގެ އޮފީހުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހު 12:00 ގެ ކުރިން، ށ. ނަރުދޫ ޞިއްހީމަރުކަޒުގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. |
|||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2017 އޮކްޓޯބަރ 29 ވަނަ ދުވަހުގެ ކުރިން ށ. ނަރުދޫ ޞިއްހީމަރުކަޒުގައި އޮންނާނެއެވެ. ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
|||
ޝޯޓް ލިސްޓްކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
ޖުމްލަ އިންސައްތަ 25% |
|||
އިތުރުމަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540050 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ. |