ދިވެހިރާއްޖެ
ފ. ނިލަންދޫ ރައްޔިތުންގެ ވިޔަފާރި ހިންގި އިމާރާތްކުއްޔަށް ދިނުމާއި ،ވިޔަފާރިމުދާ ،ފަރުނީޗަރ ފަދަ ހަރުމުދާ ވިއްކުން:
ސުރުހީގައި ދަންނަވާފައިވާ އިމާރާތް ކުއްޔަށް ދިނުމާއި ، އެއިމާރާތުގައި ހުރި ވިޔަފާރި މުދަލާއި ،ފަރުނީޗަރ ފަދަ ހަރުމުދާ ވިއްކުމާއި ގުޅޭގޮތުން ކޮށްފައިވާ މިއިދާރާގެ ނަންބަރ: (IUL)374-C/374/2017/66 (24 ސެޕްޓެންބަރ 2017 ) ގެ އިއުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ އެއިއުލާން ބާތިލްކޮށް 02 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ ހިންގި އިމާރާތް ކުއްޔަށް ހިފުމާއި، އެފިހާރައިގައި ހުރި ވިޔަފާރި މުދަލާއި ފަރުނީޗަރ ފަދަ ހަރުމުދާ ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައަޅާފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައަޅާފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
2017 އޮކުޓޯބަރ 10 |
11:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުން |
2017 އޮކުޓޯބަރ 12 |
11:00 ގައި |
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބުތައް ބަލައިގަތުން |
ފ. ނިލަންދޫ ކައުންސިލް އިދާރާގައި |
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އެސްޓިމޭޓްގައި ބައިވެރިއެއް ނުވެވޭނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ ހިންގި އިމާރާތް ކުއްޔަށް ހިފުމާއި،އެއިމާރާތުގައި ހުރި މުދަލާއި ،ފަރނީޗަރ ފަދަހަރުމުދާ ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި އެސްޓިމޭޓް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތައް ބައިވެރިއެއް ނުކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އެސްޓިމޭޓްތައް ބާޠިލްކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރި ފަރާތްނޫން އެހެން ފަރާތެއްގެ ޙަވާލުގައި އެސްޓިމޭޓް ހުށަހަޅާނަމަ، އެފަރާތެއްގެ ރަސްމީ ލިޔުމެއް އެސްޓިމޭޓް ހުށަހަޅަންޖެހޭ ގަޑީގެ 01 ގަޑީއިރު ކުރިން މިއިދާރާއަށް ހުށަހަޅަންވާނެއެވެ.