ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު
- ފ. ދަރަނބޫދޫގެ ކުރީގެ ތަޤްވާމިސްކިތް ގޯތީގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެގެން ކުރި ނަންބަރު:(IUL)373/INDIV/2017/46 (10 ސެޕްޓެންބަރު 2017) އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 2 ފަރާތަކުން ހުށަހަޅާފައިވާ ބީލަން ބާޠިލް ކުރުމަށް އެދިފައިވާތީ އެއިޢުލާން ބާޠީލްކޮށް އަލުން އެފުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:00 ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 15 އޮކްޓޫބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ފ. ދަރަނބޫދޫ ކައުންސިލް ގެ އިދާރާގެ ޖަލްސާކުރާ ހޯލް ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 18 އޮކްޓޫބަރު 2017 ވާ ބުދަ ދުވަހުގެ 13:00 ގައި ފ. ދަރަނބޫދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.
ހ. "ފ. ދަރަނބޫދޫގެ ކުރީގެ ތަޤްވާމިސްކިތް ގޯތީގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް" .
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު.
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޞަފަރު 1439
08 އޮކްޓޫބަރު 2017
08 އޮކްޓޫބަރު 2017
ހޯދާ