ދިވެހިރާއްޖެ
ނަމްބަރ : IUL)306/306/2017/48)
އިޢުލާން
ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމުގެ ދަށުން ރަސްމާދޫ ކައުންސިލުން ކުރިއަށްގެންދާ، ގޭގެއިން ކުނި އުކާލުމުގެ ޕްރޮގްރާމުގެ ދަށުން ގޭގެއިން ނަގާ ކުނި، ކުނިގޮނޑަށް ގެންގޮސްދޭނެ ކުލީ ޕިކަޕެއް ހޯދަން ބޭނުންވެއްޖެ.
މިކައުންސިލުން ކުރިއަށްގެންދާ ވޭސްޓްމެނޭޖްމަންޓް ޕްރޮގްރާމްގެދަށުން ގޭގެއިންނަގާކުނި ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދިޔުމަށްޓަކައި ކުލީ ޕިކަޕެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 އޮކްޓޯބަރ 2017 ވާ (އަންގާރަ) ދުވަހުގެ 11:00 ގައި މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރައްވައި22 އޮކްޓޯބަރ 2017 ވާ (އާދިއްތަ) ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. |
ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢޫލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ޙާޟިރުވެލައްވާނަމަ، ޙާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.