ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
a
ސިވިލް ކޯޓު
މާލެ،
ދިވެހިރާއްޖެ. ނަންބަރު:144-A/2017/580
އިޢުލާން
- މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ
- ރޭންކް: LS2
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ
- މުސާރަ: -/9,412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ) ރުފިޔާ
- ސަރވިސް އެލަވަންސް: -/3,000 (ތިންހާސް) ރުފިޔާ
- ލިވިންގ އެލަވަންސް: -/2,700 (ދެހާސް ހަތް ސަތޭކަ) ރުފިޔާ
- ޖުޑީޝަލް އެލަވަންސް އައި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާއި ގުޅުންހުރި މަސައްކަތްތައް.
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2017 އޮކްޓޯބަރ 16 ވާ ހޯމަ ދުވަހުގެ 14:45 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
18 މުޙައްރަމް 1439
08 އޮކްޓޯބަރ 2017
08 އޮކްޓޫބަރު 2017
ހޯދާ