މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ

އިޢުލާން                                    

  ނަންބަރު:MMS-A/2017/26

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ

އަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، މިސަރވިސްގެ ވެދަރ ސްޓޫޑިއޯ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއި ބެހޭ މަޢުލޫމާތު ހަރުދަނާ ކުރުމުގެ ގޮތުން، މިސަރވިސްގެ ވެދަރ ސްޓޫޑިއޯއަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދީ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް 18 ސެޕްޓެމްބަރ 2017 ވަނަ ދުވަހު ކުރެވުނު ނަންބަރު MMS-A/2017/25 ގެ އިޢުލާނަށް ރިޢާޔަތްކޮށް ހުށަހަޅާފައިވާ ބީލަންތަކުގައި ޝަރުތު ހަމަނުވުމުގެ ސަބަބުން މި އިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

15 އޮކްޓޯބަރު 2017 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭ ހުރިހާ ކަންކަން މިއިދާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް، ތިރީގައިމިވާ ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.

ލިންކް: http://meteorology.gov.mv/uploads/TOR-Supply&delivery_the_equipments_to_upgrade_the_studio_of_MMS.pdf

  އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރަގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

08 އޮކްޓޫބަރ 2017

08 އޮކްޓޫބަރު 2017
ހޯދާ