ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާގެ ފަރާތުން އިންތިޒާމްކޮށްގެން ކިޔުންތެރިކަން ކުރިއެރުވުމަށްޓަކައި މިދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީންގައި ކިޔައިދެވޭނީ ކުޑަކުދިން ކިޔުންތެރިކަމަށް ޝައުގުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތައް، އަދި ތުއްތު ކުދިންނަށް ލައިބްރަރީގައި ހިންގިދާނެ ހަރަކާތްތަކެވެ.
ތަމްރީންދެވޭ ދާއިރާ: |
ވޯކްޝޮޕް އޮން ލައިބްރަރީ އެކްޓީވިޓީސް ފޯރ ޕްރީ-ސްކޫލާރސް |
އަމާޒުކުރެވިފައިވާ ފަރާތްތައް: |
ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި ލައިބްރަރީތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަދި މިދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް. |
ތަން: |
އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް، ޤައުމީ ކުތުބުޚާނާ |
މުއްދަތު: |
2017 އޮކްޓޯބަރު 29 ން 31 ށް |
ޖާގަ: |
20 |
ވަގުތު: |
10:00 ން 13:00 ށް |
މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅުއްގެ ސީވީ [email protected] އަށް 2017 އޮކްޓޯބަރު 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމްއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.