ދިވެހިރާއްޖެ
މާމަހި އެގްޒެކެޓިވް ލައުންޖްގައި ކުރެހުން ބެހެއްޓުމާއި ވިއްކުން
-
ދިވެހިރާއްޖޭގެ ފަންނުވެރި ކުރެހުންތެރިންގެ ކުރެހުންތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މާމަހި އެގްޒެކެޓިވް ލައުންޖް (ސީ.އައި.ޕީ ލައުންޖް) ގައި ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
-
ޝަރުތުހަމަވާ ފަރާތްތަކުން ހުށަހެޅުން ލާޒިމް ލިޔުންތައް
ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފަ ކޮޕީއެވެ.
2.1 ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް.
2.3 ޖީ.އެސް.ޓީ ސެޓްފިކެޓް.
2.4 ވޭތުވެދިޔަ 03 އަހަރުގެ ތެރޭގައި އަތުން ކުރަހާފައިވާ ކުރެހުންތަކުގެ ޕޯރޓްފޯލިޔޯ (މަދުވެގެން 05 ކުރެހުން).
-
މަޢުލޫމާތުދިނުމުގެބައްދަލުވުން
އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމުގެ ބައްދަލުވުން 17 އޮކްޓޯބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް އޮފީސް – 1 ވަނަ ފަންގިފިލާ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާމަހި އެގްޒެކެޓިވް ލައުންޖް ގައި ކުރެހުން ބެހެއްޓުމަށް ޝައުޤުވެރިވާ އަދި 2 ވަނަ ނުކުތާގައިވާ ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ.
-
އެޕްލިކޭޝަން ހުށަހެޅުން
އެޕްލިކޭޝަން ފޯރމް ބަލައިގަންނާނީ 18 އޮކްޓޯބަރ 2017 ވަނަ ދުވަހުން ފެށިގެން 26 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 15:30 އަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮމަރޝަލް ޑިޕާރޓްމަންޓުންނެވެ.
-
އިތުރުމައުލޫމާތުހޯއްދެވުމަށް:
ކޮމަރޝަލް އެންޑް މާރކެޓިންގް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ 22000
ދިވެހިރާއްޖެ
ފޯން: 3337215، 3337494
އީ-މެއިލް: [email protected]
-----------------------------------