ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ، އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:       

01

އަސާސީ މުސާރަ:

-/10,150ރ. އާއި -/10،780ރ. ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

 

 

 

 

  • ކުންފުނީގެ ބިޒްނަސް ޕްލޭން، ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން އެކުލަވާލުމުގައި އެހީތެރިވެ އިމްޕްލިމެންޓް ކުރުމާއި މަގްޞަދުތައް ހާޞިލްވޭތޯ ބަލާ މޮނިޓަރކޮށް ބެލެހެއްޓުން.
  • ދާއިރާގެ މަސްޢޫލިއްޔަތުތައް އިތުރަށް ފުރިހަމަ ކުރުމަށް އަދި ދާއިރާ ތަރައްޤީ ކުރުމަށް ދިރާސާކޮށް މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދިނުން.
  • ޑިޕާޓްމަންޓުގެ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

-/6,300ރ. ( ހަހާސް ތިންސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

  • ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ ދާއިރާއިން ނުވަތަ ގްރެފިކްސް ޑިޒައިނިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން  3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިގިރޭސި ބަހުން ފަރިތަކަމާއިއެކީ މުޢާމަލާތްކުރަން އެގުން.

 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނިން ހިންގާ އެކި އިވެންޓްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  • ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަދި ކޮމްޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާއި ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ކުންފުންޏަށް ބޭނުންވާ ޕްރޮޑަކްޝަންތައް ތައްޔާރުކުރުން.
  • އިންފޯގްރެފިކްސް އާއި ވީޑިއޯ ސްޕޮޓް ކްރިއޭޝަން ބޭނުންކޮށްގެން ސްޕޮޓްތަކުގެ ސްކްރިޕްޓް ތައްޔާރުކުރުން.
  • ޑިޒައިން އަދި އެޑިޓިންގ ސޮފްޓްވެއަރ (އެޑޯބް އިލަސްޓްރޭޓަރ، ފޮޓޯޝޮޕް، އެޑޯބް ޕްރީމިއަރ ފަދަ ސޮފްޓްވެއަރ) ބޭނުންކޮށްގެން ޕްރެޒެންޓޭޝަން ހެދުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚް:

2017 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

              15 މުޙައްރަމް 1438 

             05 އޮކްޓޯބަރ 2017

 

05 އޮކްޓޫބަރު 2017
ހޯދާ