ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުން

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ

އުލިގަން، ދިވެހިރާއްޖެ

ނަންބަރ:IUL)/245/245/2017/21)

 

 

                                                                                                  އިޢުލާން

 

ނީލަން ކިޔުން

                މޯލްޑިވުސް ޓޫރިޒްމް ކޯޕަރޭޝަން އިން މިރަށުގައި ސިޓީހޮޓާ ތަރައްގީކުރުމަށް ޕްރޮޖެކްޓްގެ މަސައްކަތް ކުރެވުނުއިރު ބަފަޒޯންގައި އިމާރާތްކުރެވިފައިވާ ވަގުތީ ހިޔާތަކާއި ގުދަންތަކާއި ހަޓްތަށް އަދި ސައިޓް ވަކިކުރުމަށް ޖަހައިފައިވާ ފެންސާއި އެސަރަހައްދުގައިވާ އެހެނިހެން ތަކެތި ނީލަންކިއުން 18،19 އޮކްޓޫބަރ 2017 ވާ ބުދަ، ބުރާސްފަތި މި ދެދުވަހު ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:00 އަށް އެ އިމާރަތްތަކުގެ ކައިރީގައި އޮންނާނެއެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން، 5 ދުވަހުގެ ތެރޭގައި ( ރަސްމީބަންދު ނުހިމަނާ ) އަގު އަދާކުރެއްވުމާއެކު ތަކެތި 30 ދުވަހުގެ ތެރޭގައި ގެންދަވާ ބިންސާފްކުރަންވާނެއެވެ.

އަދި ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކާއި ތަކެތި ހަވާލުކުރެވޭނީ ތަކެތީގެ އަގު ކައުންސިލަށް ދެއްކެވުމުންނެވެ.

ވީމާ، މިނީލަމުގައި ވީހާގިނަބަޔަކު ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރައްބޮޑު އެދުމެކެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.             

14 މުޙައްރަމް 1439

04 އޮކްޓޫބަރ 2017

 

 

                                                   އަޙުމަދު މުޢާޛު މުޙައްމަދު

އުލިގަމު ކައުންސިލްގެ ރައީސް

04 އޮކްޓޫބަރު 2017
ހޯދާ