މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
Job Annoucement

 .                                                            

                              

216-MPAO/I/2017/25:ނަންބަރު

 

                              ވަޒީފާގެ ފުރުޞަތު

މަޤާމް:އެސިސްޓެންޓް ކްލައިންޓް ރިލޭޝަންސް އޮފިސަރ

ބޭނުންވާ ޢަދަދު:2

އަސާސީ މުސާރަ:7,500.00ރ

 

މިމަޤާމަށް ލިބޭ އެލަވަންސްތައް:

  • ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 2,500.00ރ (ދެހާސް ފަސް ސަތޭކަ ރުފިޔާ) ދެވޭނެއެވެ.

  • ހަމަޖެހިފައިވާ ޢުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50.00ރ(ފަންސާސް ރުފިޔާ) ދެވޭނެއެވެ.

  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިހާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިހާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

  • ކަސްޓަމަރ ސަރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލްކޮށްފައިވުން. ކޯލް ސެންޓަރެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

  • ކޮމްޕިއުޓަރ އެޕްލިކޭޝަންސް ބޭނުންކުރަން ރަނގަޅަށް އެނގުން.



މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމާ ގުޅޭ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv  ގައި ޢިއުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.




އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

  • ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ



ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15އޮކްޓޫބަރު  2017ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]



                            4 އޮކްޓޫބަރު 2017

 

04 އޮކްޓޫބަރު 2017
ހޯދާ