ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2017/29
އިއުލާން
އަތޮޅުކައުންސިލްގައި ބޭނުންކުރާ '' އެކެފަރު '' ދޯނި ނީލަންކިއުމާއި ބެހޭ
މިއިދާރާގައި ބޭނުންކުރަމުންދާ '' އެކެފަރު '' ދޯނި ސިޓީލާ ނީލަމުގައި ވިއްކާގޮތަށް 2 ވަނަ އަތޮޅުކައުންސިލްގެ 126 ވަނަ އާންމުޖަލްސާއިން ނިންމަވާފައިވާތީ މި ދޯނި ބައްލަވައި ގަތުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ދޯންޏަކީ ޔުޓްދޯނި ވައްތަރަށް އެތެރޭގައި ކެބިން ހަދައި އަދި އޭގެ ތެރެއިން އެއްކެބިންގައި އެޓޭޗް ފާޚާނާ ހަދައި ދޯނީގެ އެތެރޭގައި ކައްކައި ކައިބޮއި ނިދާހެދޭގޮތަށް ހަދާފައިވާ ޔަންމާ 6 ސިލިންޑަރުގެ އިންޖީނެއް އަޅާފައިވާ ދޯންޏެކެވެ. ދޯނީގެ އިންޖީނު 2016 ވަނަ އަހަރުގެ ތެރޭގައިވަނީ އޯވަރހޯލްވެސް ކުރެވިފައެވެ. މި ދޯނީގެ ނީލަން ފެށޭ އަގަކީ 250000.00 ( ދެލައްކަ ފަންސާސްހާސް ) ރުފިޔާ އެވެ.
ވީމާ ، މި ދޯނި ނީލަމުން ބައްލަވައި ގަތުމަށް ޝައުގުވެރިވެ ލައްވާފަރާތްތަކުން މިއަދުން ފެށިގެން 30 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 13.00 އާއި ހަމަޔަށް މިއިދާރާއަށް ރަސްމީ ބަންދުނޫން ދުވަސްތަކުގައި ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި '' އެކެފަރު ދޯނި ނީލަމުން ނެގުމަށް އެދި '' މި ގޮތަށް ލިއުއްވަން ވާނެއެވެ. އެދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9.00 ގައި މިއިދާރާގެ ނޯޓިސްބޯޑުގައި ޝާޢިއު ކުރެވޭނެއެވެ. ނީލަމުގެއަގު އެކަށީގެންވާ ހިސާބަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަސްވަންދެން އެއްއަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ކާމިޔާބުވީ ކަމަށްބަލާ ނީލަން ނިންމާލެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
14 މުޙައްރަމް 1439
04 އޮކްޓޯބަރ 2017