ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)304-EDS/304/2017/49 |
ތާރީޚް: 03 އޮކްޓޯބަރ 2017 |
ދުވާފަރު މަގުތަކުގައި އިތުރު މަގުބައްތި ޖެހުމާއި ބެހޭ |
ދުވާފަރު ކައުންސިލުން ކަނޑައަޅާ ތަންތަނުގައިި އިތުރު މަގުބައްތި ޖެހުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މިކައުންސިލުން މަގު ބައްތި ދަނޑި، ހިލަ، ބޯލްޓް ، އާތް ރޮޑް އަދި ކަރަންޓް ކޭބަލް ދިނުމުން މަސައްކަތުގެ ބާކީ ހުރި ތަކެތި އަމިއްލައަށް ހޯދާ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަަވެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
|
13 މުޙައްރަމް 1439
03 އޮކްޓޯބަރ 2017