މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ލަކުޑިއާއި ލަކުޑިން ހަދާފައި ހުންނަ ތަކެތީގެ ކްލެސިފިކޭޝަނާ ބެހޭ

ޤާނޫނު ނަންބަރު 31/79 (ރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ރާއްޖެއިން އެކްސްޕޯޓް އަދި ރާއްޖެއަށް އިމްޕޯޓް ކުރާ މުދާ ކްލެސިފައި ކުރުމުގައި ބޭނުންކުރާނީ ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމް (އެޗް.އެސް) ކަމުގައިބަޔާން ކޮށްފައިވެއެވެ. ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 160 ވަނަ މާއްދާގައި މުދާ ގިންތި ކުރާނީ ދުނިޔޭގެ ކަސްޓަމްސް ޖަމްޢިއްޔާގެ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމާ އެއްގޮތްވާގޮތުގެ މަތިން ކަސްޓަމްސްއިން ކަމުގައި ބަޔާންކޮށްފައިވެއެވެ.      

ޤާނޫނު ނަންބަރު 31/79 (ރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ ތާވަލުގެ ޗެޕްޓަރ 44 (ނ) ގައި ބަޔާންކޮށްފައިވާ "ލަކުޑި" ކަމުގައި ބަލާނީ ބެރި، ލޮގް، ފަތި، އަދި ގަސްލަކުޑި ފަދަ މިބާވަތުގެ ޕްރޮސެސްކޮށްފައި ނުހުންނަ ލަކުޑިއެވެ. މިތަކެތި ކޮށައި، މަށައި، އޮމާންކުރުން ނުވަތަ ދާރަމަށައި ވަށްކޮށްފައި ހުރުމުންވެސް "ލަކުޑީ" ގެ ގޮތުގައި ބެލެވޭނެއެވެ. އަދި  ވަކި އެއްޗެއް ނުވަތަ ވަކި އެއްޗެއްގެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި އެއްވެސް ކެނޑުމެއް ކަނޑާފައިނުވާ ލަކުޑިއާއި ފައްތަރު ކުރެވޭގޮތަށް ބައްޓަން ކޮށްފައިނުވާ  ލަކުޑިވެސް  ބަލާނީ "ލަކުޑީ" ގެ ގޮތުގައެވެ. އަދި އެފަދަ ކޮންމެ "ލަކުޑި" އަކަށް ޤާނޫނު ނަންބަރު 31/79 (ރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ ތާވަލުގެ ޗެޕްޓަރ 44 (ނ) ގެ ދަށުން ޑިއުޓީ ނަގާނީ %0 އެވެ.

19  ޛުލްޙިއްޖާ  1434

24 އޮކްޓޫބަރު 2013
ހޯދާ