ދިވެހިރާއްޖެ
ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތެއް ހިފާ، ގެންގުޅެ ގޯނާކުރުމާއި ގުޅިގެން ފިޔަވަޅުއެޅުން
ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން ކަނޑުގެ މާހައުލުގައި އުޅޭ ވެލަޔާއި ކަހަނބުގެ ހުރިހާ ބާވަތެއް 04 އޭޕްރީލު 2016 ގައި ވަނީ ހިމާޔަތްކޮށްފައެވެ. އަދި ހަމައެއާއެކު، ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ގެންގުޅުމާއި އެއަށް ގޯނާއެއްކުރުމަކީ މަނާކަމެއްކަމުގައި ވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެފަދަ ކަންކަމަކީ އެކަންތައްތައް ކުރާ ފަރާތްތަކާ ދޭތެރޭ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު:/R-92011) ގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާކަންކަމެވެ.
ރ. މާކުރަތުގައި ވެލާ ހިފައި ގެންގުޅުނު މައްސަލައަކާއި ގުޅިގެން ފުލުހުން ތަޙްޤީގު ކުރެއްވުމަށްފަހު ހުށަހަޅުއްފައިވާ ޙާދިޘާ ރިޕޯޓް ނަމްބަރު:-G2/203/2017/33 171 (28 އޮގަސްޓް 2017) ގައި ރ.މާކުރަތު / ހަކި މުޙައްމަދު މުސްތަފާ، 12 ކުދިވެލާ ހިފާ، ގެންގުޅުނުކަމަށް ފުލުހުންގެ ބަޔާނުން އެނގެން އެބައޮތެވެ. އަދި މުޙައްމަދު މުސްތަފާގެ އިޢުތިރާފުންވެސް މިކަން އިތުރަށް ސާބިތުވެއެވެ.
މިހެންކަމުން، ޤާނޫނު ނަންބަރު:93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތެއް ހިފާ، ގެންގުޅެ އެއަށް ގޯނާކުރުމަކީ މަނާކަމެއްކަމުގައި ކަނޑައަޅާފައި ވުމާއެކުވެސް އެފަރާތުން މި ޤާނޫނާއި ޚިލާފަށް ވެލާ ކަހަނބުގެ ބާވަތެއް ހިފާ، ގެންގުޅެ ގޯނާކޮށްފައިވާތީވެ، "ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު:/R-92011) ޖަދުވަލު 2 ގެ 4 (ގެއްލުން ލިބުނު ތަކެތީގެ ޢަދަދު) ގެ ދަށުން ޖޫރިމަނާ ކަނޑައެޅޭނެ ގޮތުގެ އުޞޫލު" އަށް ރިޢާޔަތްކޮށް، ރ.މާކުރަތު / ހަކި މުޙައްމަދު މުސްތަފާ، ޖުމްލަ -/149,000 (އެއްލައްކަ ސާޅީސް ނުވަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވުނެވެ.