ދިވެހިރާއްޖެ
ނަންބަރު: 39/MRDC-IUL/2017
އިޢުލާން
މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް އެސް 2 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/4560 ރުފިޔާ (ހަތަރު ހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް |
ފެންވަރު ނުވަތަ ޝަރުތު: |
- ޖީސީ އޯލެވެލް / އޭލެވެލް 3 މާއްދާއިން ފާސްވެފައިވުމާއި ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ - މަސައްކަތާ ގުޅޭދާއިރާއަކުން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކުންފުނީގެ ސްޓޭޝަނަރީ ސްޓޮކްގެ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ ސްޓޮކުން ތަކެތި ދޫކުރުން - ޑިޕާޓްމަންޓުގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހައި މަޢުލޫމާތުތަކާއި ރެކޯޑުތައް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކުއުންތައް ތައްޔާރުކޮށް ފޮނުވުން - ކުންފުންޏަށް ލިބޭ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތައް ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން - ކުންފުނީގެ ވެހިކަލް އަދި ވެސެލްތަކުގެ އަހަރީފީ، ރޯޑްވާދިނަސް، ސީވާދިނަސް އަދި އިންޝްއަރެންސް ފީތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ދައްކާ ބެލެހެއްޓުން. - ކުންފުނިން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ކުލި އަދި ސަބްކްރިޕްޝަން ފީތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ދައްކާ ބެލެހެއްޓުން. - ޑިޕާޓްމަންޓްގެ އަދި ޑިޕާޓްމަންޓުން ބަލަހައްޓާ ސައިޓް އޮފީސްތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށް ނިންމާ ބިއުރޯއަށް ހުށައެޅުން. - ކުންފުނީގެ ހެޑްއޮފީހާއި ސައިޓްއޮފީސްތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުން. - ކުންފުނީގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމާއި، އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުން. - މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ހަރު މުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން. - މިނޫންވެސް މަޤާމާ ގުޅޭގޮތުން ޑިޕާރޓްމަންޓް އިސްވެރިޔާ/ސްޕަވައިޒަރ ޙަވާލުކުރާ އޮފީހުގެ މަސައްކަތް ކުރުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 އޮކްޓޯބަރ 03 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޮކްޓޯބަރު މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
08 މުޙައްރަމް 1439
28 ސެޕްޓެމްބަރ 2017