ދިވެހިރާއްޖެ
އިޢުލާން
- އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ކ.ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޢިމާރާތުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމަށް މިއިދާރާގެ ނަމްބަރ: (IUL)338-MS/338/2017/16 އިން ކުރެވުނު އިޢުލާނަށް ބިޑް ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ ނިސްބަތުން ބޮޑު އަގުތަކެއްކަމުގައިވާތީ އެ ޢިއުލާން ބާތިލްކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިމަސައްކަތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފްކުރުން |
ކ.ގުރައިދޫ ކައުންސިލް އިދާރާ |
05 އޮކްޓޫބަރ 2017 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބް ހުށައެޅުން |
ކ.ގުރައިދޫ ކައުންސިލްގެ އިދާރާ |
11 އޮކްޓޫބަރ 2017 |
ބުދަ |
11:00 |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.