ދިވެހިރާއްޖެ
އިޢުލާން
ލޭބަރފޯރސް ޕައިލެޓް ސަރވޭ 2017 ގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުމާބެހޭ
މިބިއުރޯގެ ފަރާތުން މިއަހަރުގެ 29 އޮކްޓޫބަރ އިން 29 ނޮވެމްބަރ 2017 އަށް މާލޭގައި ކުރުމަށް ހަމަޖެހިފައިވާ "ލޭބަރފޯރސް ޕައިލެޓް ސަރވޭ 2017" ގައި ހަރަކާތްތެރިވުމަށް 10 އެނިއުމަރޭޓަރުން ބޭނުންވެއެވެ. މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ޖީ.ސީ.އީ އޭލެވެލް ފެންވަރު ހުރި، ބޯހިމެނުން، ގޭބިސީގެ އާމްދަނީއާއި ޙަރަދު ކުރުން ހުރިގޮތުގެ ސަރވޭ، ޑިމޮގްރަފިކް ހެލްތް ސަރވޭ ފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީންއެއް ދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150ރ ގެ އެލެވަންސެއް އަދި ސަރވޭގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް އަދި ފުރިހަމައަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ކެއުމުގެ އެލަވަންސްގެ ގޮތުގައި -/60 ރުފިޔާ ވެސް ދެވޭނެއެވެ. ސަރވޭގެ މުއްދަތުގައި ހަފްތާއަކު 06 ދުވަހު މަސައްކަތް ކުރިއަށްދާނެއެވެ.
މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ފޯމް، މިބިއުރޯގެ (ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ދާރުލް އިމާމް ބިލްޑިންގ 9 ވަނަ ފަންގިފިލާ ކައުންޓަރުންނާއި މިބިއުރޯގެ ވެބްސައިޓުން (http://www.statisticsmaldives.gov.mv/) ލިބެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދެންނެވި އެޕްލިކޭޝަން ފޯމް ފުރިހަމަކުރުއްވުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު 09 އޮކްޓޫބަރު 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިބިއުރޯއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމޭލް ([email protected]) ނުވަތަ ފެކްސް )3327351( ވެސް ގަބޫލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008455 / 3008457 އަށް ގުޅުއްވުން އެދެމެވެ.
6 މުޙައްރަމް 1439
27 ސެޕްޓެމްބަރު 2017