ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށްޓަކައި ކ. ކާށިދޫއިން ގޯތި ދޫކުރުމާ ގުޅޭ
ދިރިއުޅުމަށްޓަކައި ކާށިދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ ނަމްބަރ (IUL)330-B/330/2017/60 (19 ސެޕްޓެމްބަރ 2017) އިޢުލާނާ ގުޅިގެން، ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ގޯއްޗަށް އެދޭ ފަރާތުގެ 21 އަހަރުން ދަށުގެ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުމަށް ބަޔާންކުރެވިފައިވީ ނަމަވެސް، އުފަންދުވަހުގެ ސެޓްފިކެޓްގެ ބަދަލުގައި، ގޯއްޗަށް އެދޭ ފަރާތުގެ 21 އަހަރުން ދަށުގެ ދަރިންކަމުގައި ފޯމުގެ ނަމްބަރ 4 ގައި ބަޔާންކުރާ ދަރިންނަކީ ފޯމު ހުށަހަޅާ ފަރާތުގެ އުފަން ދަރިންކަން އެނގޭނެ ސަރުކާރުގެ ރަސްމީ ލިޔުމެއް ހުށަހަޅައިފި ނަމަ އެފަދަ ލިޔުންތައް ޤަބޫލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 މުޙައްރަމް 1439
27 ސެޕްޓެމްބަރ 2017