ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން

 

ނަންބަރު: 242/242/2017/18(IUL)

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ތައްޔާރުކުރުން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވުރިވާ ފަރާތްތަކަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ލޯގޯގެ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން2017 އޮކްޓޯބަރ 19 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން  ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ތީމް އަދި ކުލަ

  • ހުށަހަޅާ ލޯގޯގައި އަތޮޅުގެ މަސައްކަތްތެރިކަމާއި ތާރީޚާއި ޡަގާފަތް ރަމްޒުކޮށްދޭންވާނެއެވެ.
  • ކުލަ: ލޮގޯ ފަރުމާކުރެވިފައި ހުންނަންވާނީ ތިރީގައި މިދަންނަވާ ކުލަތަކުގައެވެ.
    • RGB 30 144 255
    • RGB 50 205 50

ހުށަހަޅަންޖެހޭ ތަކެތި:

  • ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާ ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެން ފައިލްތައް ހިމެނޭ ޕްރޮޕޯޒަލް (PDF)
  • ލޯގޯ (PNG)
  • ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް
  • ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން
  • ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން
  • އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން

ނޯޓް:

1-      ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަންވާނީ ކޮރަލް X15 ނުވަތަ ފޮޓޯޝޮޕް CS5 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަ ގޮތަށެވެ.

2-      ލެޓަރހެޑް ހުށަހަޅަންވާނީ މައިކްރޯސޮފްޓް ވޯޑް 2010 އަށް ކޮމްޕެޓަބަލް ކޮށެވެ.

7 މުޙައްރަމް 1438

27 ސެޕްޓެމްބަރ 2017

 

27 ސެޕްޓެންބަރު 2017
ހޯދާ