ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

 

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،

ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3345252 (960)

http://www.mnu.edu.mv

                                                     ނަންބަރ: 153-FHTS-2017-03

 

އިޢުލާން

 

މި ފެކަލްޓީގައި ހިންގާ ކޯސްތަކުގެ ތެރެއިން، ތިރީގައިވާ މާއްދާތައް ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.

 

No. of Part-Time Lecturers Needed

Module Name

Course Name

1

Hot and Cold Dessert

Certificate 3 in Patisserie

Certificate 3 in Front Office

Certificate 3 in Housekeeping

Certificate 3 in Culinary Arts

1

Contemporary Issues in Tourism

Bachelor of International Tourism Management

 

ޝަރުތު:

-          ސެޓްފިކެޓް ލެވެލް 3 ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-          ބެޗްލަރ ޑިގްރީ ލެވެލް ކޯހުގެ މާއްދާއެއް ނަމަ، މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

-          ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          މީގެ އިތުރުން ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

 

އުޖޫރަ:

-          ސެޓްފިކެޓް ލެވެލް 3 ކޯހުގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/200 ދިވެހިރުފިޔާ.

-          ބެޗްލަރ ޑިގްރީ ލެވެލްގެ ކޯހުގެ މާއްދާއެއް ނަމަ، ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް -/275 ދިވެހިރުފިޔާ.

-          މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ދިވެހިރުފިޔާ.

 

މިކަމަށް އެދިވަޑައި ގަންނަވާ ފަރާތްތަކުން 04 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ފެކަލްޓީގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ.

 

އެޕްލިކޭޝަން ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

-          ކޯސް ނިންމިކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345262 ނަންބަރާ ގުޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަކީ މި ފެކަލްޓީގެ ފަރާތުން އެދޭ އެދުމެކެވެ. އެހެނީ މި އިޢުލާންގައި ބަޔާން ނުކުރެވޭ ކިތަންމެ ވާހަކައެއް ހުންނާނެތީއެވެ.

 

07 މުޙައްރަމް 1439

27 ސެޕްޓެންބަރު 2017
ހޯދާ