ދިވެހިރާއްޖެ
d
|
އދ.ދިއްދޫ ކައުންސިލްގެ އިދާރާ Secretariat of the Dhidhoo Council ދިއްދޫ،ދިވެހިރާއްޖެ.
ނަންބަރ: IUL )-354/2017/08( ތާރީޚް: 26 ސެޕްޓެމްބަރ 2017 |
އިޢުލާނު
ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ބިޑު އުސޫލުން ކުއްޔައް ބިން ދޫކުރުމާއިބެހޭ
ފެރީޓާރމިނަލްގެ ހުޅަގުފަރާތު ހުސްބިމުން ޕެޓުރޯލާއި، ޑީސަލްވިއްކުމަށް 500 އަކަ ފޫޓުގެ 2 ބިން ކުއްޔައް ދޫކުރުމަށް މިއިދާރާއިން ކުރިންކޮއްފައިވާ ނަންބަރ IUL)-354/2017/07)މިޢިއުލާން ގެޒެޓް ކުރެވިފައި ނުވާތީ މިޢިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ.
ވީމާ މިކަމަށް ސައުގުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިފައިގެން މި ކައުންސިލް އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. 2 ބިމަށް އަންދާސީ ހިސާބު ހުށަހަޅުއްވާނީ ވަކި ވަކިންނެވެ.
މިކަމަށް ބޭނުންވާ މައުލޫމަތު ޝީޓު މި އިޢުލާނާއި އެކު އެވަނީއެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 މުޙައްރަމް 1439
26 ސެޕްޓެމްބަރ 2017
ޙުސައިން ޔޫސުފް
ކައުންސިލްގެ ރައީސް
d
|
އދ.ދިއްދޫ ކައުންސިލްގެ އިދާރާ Secretariat of the Dhidhoo Council ދިއްދޫ،ދިވެހިރާއްޖެ.
ރަށުގެ ފެރީ ޓާރމިނަލުގެ ހުޅަނގު ފަރާތު ހުސްބިމުން ޕެޓްރޯލާއި، ޑީސަލް ވިއްކުމަށް 500 އަކަ ފޫޓުގެ 2 ބިން ބިޑު އުސޫލުން ކުއްޔައް ދޫކުރުމާއި ބެހޭ ގޮތުން ކުރި ނަންބަރ: (IUL)354/2017/08 ( 26.09.2017) އިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓު
އިޢުލާން ނަންބަރ: 8IUL-354/2017/0 ( 26 ސެޕްޓެމްބަރ 2017)
ބައްދަލުވުން ބޭއްވިތަން: އދ.ދިއްދޫ ކައުންސިލްގެ އިދާރާ
ބިޑުހުށަހަޅާ ތާރީޚާއި ގަޑި: 02 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 11:00 ގައި
- ބިމުގެ ބޮޑުބިން 500 އަކަފޫޓު
- މުއްދަތު: މަދުވެގެން 2 އަހަރު
- ޕެޓުރޯލާއި، ޑީސަލް ހުންނަންވާނީ ސަލާމަތާރަށްކާތެރި ކަމާއެކު ފުރިހަމަޔަށް ބަންދުކުރެވިފައެވެ.
- ޕެޓްރޯލާއި، ޑީސަލް ބަހައްޓަންވާނީ 5 ފޫޓު އުސް ކޮށް ބަންދުކުރެވިފައިވާ ތަނެއްގައެވެ.
- ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ހަދާ އިމާރާތުގެ އެތެރޭގައި އަލިފާން ނިވާ ފުޅިއެއް ބަހައްޓަން ޖެހޭނެއެވެ.
- ޕެޓްރޯލާއި، ޑިސަލް ވިއްކުމަށް ދޫކޮއްފައިވާ ބިމުގައި އެހެން އެހެން އެވެސް ބޭނުނެއް ނުކުރެވޭނެ އެވެ.
- ޕެޓްރޯލާއި، ޑިސަލް ދީފައިވާ ބިމުގެ ބޭރުގައި ޕެޓްރޯލާއި، ޑީސަލް ބެހެއްޓުމަކީ މަނާ ކަމެކެވެ.
- ޢިމާރާތުގެ ބޭރުގައި އަލިފާން ގެންގުޅުން މަނާ ކަމުގެ ލިޔުން ބަހައްޓާފައި ހުންނަން ޖެހޭނެއެވެ.
- އިމާރާތުގެ ބޭރުގައި މިއީ ކޮންތަނެއްކަން އަންގައިދޭ ލިޔުން ހަރުކޮށްފައި ހުންނަން ވާނެއެވެ.
- ބިޑުގެ އިވަލުއޭސަން މިންގަނޑަކީ އެންމެމަތީ އަގައް %75 ހުށަހަޅާ ޕްރޮޕޯސަލަށް %25 އެވެ.
- މި މައުލޫމާތު ޝީޓަކީ އެގުރިމެންޓް މާއްދާއެކެވެ.
07 މުޙައްރަމް 1439
26 ސެޕްޓެމްބަރ 2017
ޙުސައިން ޔޫސުފް
ކައުންސިލްގެ ރައީސް