ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކޮމިޝަން ހިންގާ ހުރަވީ ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާގައި ބައެއް މަރާމާތުކޮށް ޕާޓީޝަންތަކެއް ޖެހުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރު123-A/IUL/2017/19 (07 ސެޕްޓެމްބަރ 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޮކްޓޫބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮކްޓޫބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
06 މުޙައްރަމް 1439
26 ސެޕްޓެމްބަރ 2017