ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
އަނގޮޅިތީމު، ދިވެހިރާއްޖެ
Secretariat of the Angolhitheem Council, North Maalhosmadulu
Angolhitheem, Republic of maldives
ނަންބަރު: IUL)301-PN/301/2017/49) |
އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް |
އިޢްލާނު
ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އެގްޒެމިނަރެއް ބޭނުންވެއްޖެ.
މިރަށުގައި ސީ ޒޯންލައިސަންސްގެ ޚިދުމަތް ދިނުމަށްޓަކައި ސީ ޒޯން ލައިސަންސްގެ އެގްޒެމިނަރެއް ބޭނުންވެގެން ކުރި ނަންބަރު: (IUL)301-PN/301/2017/43 (10-09-2017) އިޢްލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެގްޒެމިނަރ އެއް ހޯދުމަށް 03 ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ. އެގްޒެމިނަރ ކަމަށް ޝަޢްޤްވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 13:00 ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
ޝަރުޠު:
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް އޮތުން.
- އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަން އެނގުން.
- ރަށުގައި ޢާއްމުކޮށް ދިރިއުޅޭ ފަރާތަކަށްވުން.
އެލަވަންސް:
- ޓެސްޓްގައި ދުއްވާ ކޮންމެ ވެހިކަލަކަށް 20 ރ. (ވިހި ރުފިޔާ)
މަސައްކަތް ކުރަންޖެހޭ ގޮތާއި ގަޑި:
- ދުއްވުމުގެ ޓެސްޓް އޮންނަ ވަގުތު ( ޓެސްޓް އޮންނަ ދުވަސްތަކާއި ގަޑިތައް ކައުންސިލް އިން ކަނޑަ އެޅުމަށްފަހު، އެގްޒަމިނަރަށް އަންގާނެއެވެ.)
ހުށަހަޅަންޖެހޭ ލިޔުންތައް:
- ލިބިފައިވާ ލައިސަންސްގެ ކޮޕީ
- 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް
- އައި.ޑީ.ކާރޑް ކޮޕީ
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ތަޖްރިބާގެ ލިޔުން ( އަދާކުރި ވަޒީފާ ނުވަތަ ކުރި މަސައްކަތް، އުޅުނު ދާއިރާ )
- ވަނަވަރު
އެގްޒެމިނަރ ކަނޑައެޅުމުގައި ބަލާނެ މިންގަނޑު:
- ގިނަ ކެޓެގަރީތައް ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
- ޢާއްމުގޮތެއްގައި ރަށުގައި ހުންނަ ފަރާތަކަށްވުން.
- މިކަމުގެ ތަޖްރިބާ ލިބިފައިވުން.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.