ދިވެހިރާއްޖެ
ނަންބަރު: IUL) 244-ESMSMS/244/2017/44
އިޢުލާން
މިކައުންސިލްގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ 3 ވަނަ ދައުރުގެ 12 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.
# |
ތަފްސީލް |
ހާލަތު |
ނީލަން ފެށޭ އަގު |
ފަހަރަކު އިތުރުކުރެވޭ އަގު |
ޖުމްލަ އަގު |
1 |
ސިމެންތި ޓިނު |
ބައުވެ، ހަލާކުވެފައި |
100.00 ރުފިޔާ |
2.00 ރުފިޔާ |
100.00 ރުފިޔާ |
2 |
11 ގަނޑުދަގަނޑު ޓިނު |
ބައުވެފައި |
ގަނޑެއް 35.00 ރުފިޔާ |
ގަނޑެއް 5.00 ރުފިޔާ |
385.00 ރުފިޔާ |
3 |
1 ގަނޑު ލައިސާޓް ޓިނު |
ބައުވެ، ހަލާކުވެފައި |
ގަނޑެއް 35.00 ރުފިޔާ |
5.00 ރުފިޔާ |
35.00 ރުފިޔާ |
4 |
1 ލައިސާޓް ޓިނު ('4) |
ބައުވެ، ހަލާކުވެފައި |
15.00 ރުފިޔާ |
5.00 ރުފިޔާ |
15.00 ރުފިޔާ |
މި ނީލަމުން ތަކެތި ނެގުމަށް ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހު މިކައުންސިލަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު 27 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ. އަދި އަގު ހުށަހެޅޭނީ އައިޓަމްތައް ވަކިވަކިން އެނގޭގޮތަށް ޖުމްލަ އަގުގެ ގޮތުގައެވެ.
ނީލަން ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ފެށިގެން މިއިދާރާގެ ނޯޓިސް ބޯޑްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 09 އޮކްޓޯބަރ 2017 ގެ ނިޔަލަށެވެ.
އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތް02 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
05 މުޙައްރަމް 1439