މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރު:IUL)297/INDIV/2017/57)

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާގެ ނަމްބަރު IUL)297/INDIV/2017/53) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާތީ އެއިޢުލާން ބާތިލްކޮށް މިއިދާރާއިން ރަށުގެ ބައެއް މަގުތަކަށް އިތުރުކުރުމަށް ބޭނުންވާ ހޮޅިދަނޑީގެ ތެރެއިން ކުރިން ހަދާފައިހުރި 11 ހޮޅިދަނޑި މަރާމާތުކުރުމާއި، 1 (އެކެއް) ހޮޅިދަނޑި އަލަށް ހެދުމުގެ މަސައްކަތް މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 11.00 އަށް މިއިދާރާއަށްވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 4 އޮކްޓޯބަރ 2017 ވާ ބުދަދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދިހުށައަޅާ ފަރާތްތަކުން ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ ނުވަތަ ޓިން ނަންބަރ ހުށައެޅުއްވުންއެދެމެވެ. އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

 

                         05 މުޙައްރަމް 1439

                        25 ސެޕްޓެމްބަރ 2017

25 ސެޕްޓެންބަރު 2017
ހޯދާ